ސ. ހިތަދޫ ނެރު މައްޗަށް ދޯންޔެއް އުރިއްޖެއެވެ. 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި ހިތަދޫ ނެރު މައްޗަށް އުރުނީ "ކޯމަސް" ނަމަކަށް ކިޔާ ދޯންޔެކެވެ. މި ދޯނި އުރުނު ވަގުތު ޖުމްލަ ހަތަރު މީހަކު ދޯނީގައި ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި އެއް ފަތުރުވެރިޔަކު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ދޯނީގައި ހުރި ފަތުރުވެރިޔާ ކައިރި ރިސޯޓަކަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. 

މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 09:53 ހާއިރު ކަމަށާއި ދޯނި ފުންކުރުމުގެ މަސައްކަތް އެ އިދާރާގެ ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.