ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުސްވި އަހަރު ތެރޭގައި 114 މައްސަލަ އެއް ހުށައެޅި، އޭގެ ތެރެއިން 74 އިންސައްތަ ސާބިވެފައިވާކަން އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ޖޭއެސްސީން ވަނީ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް މިއަދު އާއްމުކޮށްފައެވެ. މިދިޔަ އަހަރު ފެށުނުއިރު ޖޭއެސްސީން ދިޔައީ ކޮމިޝަނަށް ހުށައެޅުނު 73 މައްސަލައެއް ބަލަމުންނެވެ. މިދިޔަ އަހަރު 41 މައްސަލައެއް އަލަން ބަލަން ފަށައި، 54 މައްސަލައެއް ވަނީ ބަލައި ނިންމާފައެވެ. 

މިދިޔަ އަހަރު ނުވަ ފަނޑިޔާރަކު ވަކިކޮށް ދެ ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވެއެވެ. ހަތަރު ފަނޑިޔާރަކަށް، ނަސޭހަތާއިއެކު ތަމްރީނު ފުރިހަމަ ކުރަން އަންގާފައިވާކަން ޖޭއެސްސީގެ ތަފާސް ހިސާބުގައި ފާހަގަކޮށްފައިވެއެވެ. އެހެނިހެން އަހަރުތަކާއި އަޅައިބާލައިރު މިދިޔަ އަހަރު ޖޭއެސްސީ އަށް ހުށައެޅުނު ޝަކުވާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. 2019 ގެ ހުށައެޅުނު ޝަކުވާގެ އަދަދަކީ 114 އެވެ. އެކަމަކު މިދިޔަ އަހަރު ހުށައެޅުނު ޝަކުވާގެ އަދަދަކީ 288 އެވެ. މި ޝަކުވާތައް ބަލައި ދިރާސާކުރަން ކޮމިޝަނުން 72 ޖަލްސާއެއް ބޭއްވިއެވެ. 

ތަފާސް ހިސާބުތައް ބުނާ ގޮތުން، ހުސްވި އަަހަރު އަލަށް އައްޔަން ކުރެވުނު 22 ފަނޑިޔާރުންނާއެކު މިހާރު ތިބ ފަނޑިޔާރުންގެ ޖުމްލަ އަދަދު އުޅެނީ 188 ގައެވެ. އަލަށް އައްޔަނުކުރެވުނު 22 ފަނޑިޔާރުންނަކީ، ކޯޓުތަކަށް އައްޔަން ކުރެވުނު 9 ފަނޑިޔާރުންނާއި އަދި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު ނުވަ ފަނޑިޔާރުންނެވެ. އެންމެ މަތީ ކޯޓު އަދި ހައިކޯޓު، މިއިން ކޮންމެ ކޯޓަކަށް ހުސްވި އަހަރު ދެ ފަނޑިޔާރަކު އައްޔަން ކޮށްފައިވެއެވެ. މައްސަލަތައް ބަލަމުން ދަނިކޮށް ނުވަތަ ވަކިކޮށްފައިވާ ފަނޑިޔާރުންގެ އަދަދަކީ ތިނެކެވެ. މިދިޔަ އަހަރު ހަތަރު ފަނޑިޔާރުން ވަނީ ރިޓަޔާ ކުރައްވާފައެވެ.

2019 ވަނަ އަހަރާއި އަޅައިބަލާއިރު އިތުރުވީ އެންމެ އަންހެން ފަނޑިޔާރެކެވެ. އެ އަދަދާއި އެކު އަންހެން ފަނޑިޔާރުންގެ ޖުމްލަ އަދަދަކީ 173 އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.