އިދިކޮޅު ކޯލިޝަންގެ ސީދާ ހަރަކާތްތައް ފުޅާކުރަން ހުކުރު ދުވަހު ހުރިހާ ރަށެއްގައި މުޒާހަރާ ބާއްވަން ނިންމައިފިއެވެ. 

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުުރު ދުވަހު ބާއްވާ މުޒާހަރާ އަކީ ''އިންސާފު ކޮބައިތޯ" ނަމުގައި ބާއްވާ މުޒާހަރާ އެއް ކަމަށެވެ. 

''މިއަދު ދިވެހި ރައްޔިތުން ތިބީ މަގުމަތީގައި. މިއަދު ދިވެހި މަސްވެރިން ތެދުވަނީ މި ސަރުކާރުން ވިދާޅުވި ހައްގުވާ މިންވަރު ކޮބައިތޯ އަހަމުން. މިއަދު ދިވެހި ޒުވާނުން އެ ވަޑައިގަންނަވަނީ މި ސަރުކާރުން ދިވެހި ޒުވާނުންނަށް ހައްގުވާ މިންވަރު ދިވެހި ޒުވާނުންގެ މަގާމު ކޮބައިތޯ ޒުވާނުން ސުވާލު ކުރަމުން އެދަނީ. ކަނބަލުންނަށް ކުރިމަތިވާ ޖިންސީ ފުރުއްސާރައާ ގޯނާ އަށް މިއަދު ޓަކިޖަހާލާނެ ދޮރެއް ނުފެނިގެން އުޅޭތަން އަޅުގަނޑުމެންނަށް ފެންނަނީ'' ޝިޔާމް ވިދާޅުވިއެވެ.  

މުޒާހަރާ ފަށަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 04:15 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. އަދި މުޒާހަރާ ނިންމާލަން ހަމަޖެހިފައިވަނީ ޕީޕީއެމް ހެޑް އޮފީސް ކުރިމަތިންނެވެ. ޕީޕީއެމުން ބުނީ، އެ ހަރަކާތަކީ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. 

އިދިކޮޅުން އަނެއްކާވެސް މުޒާހަރާތައް ފަށާފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ދެމެހެއްޓި ހިސާބުންނެވެ. އެ ނިންމުން ބަލައިނުގަނެ މާލޭގެ މަގުމަތީ ގައި ދަނީ މުޒާހަރާ ކުރަމުންވެ. މި އެއްވުންތަކުގެ ތެރެއިން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. އެކަމަކު އެ އެންމެންވެސް ވަނީ މިހާރު ދޫކޮށްލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.