ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ހަލީމް ސަސްޕެންޑް ކޮށްފިއެވެ.
ސާޖަންޓް އެޓް އާމްސް އަކީ މަޖީލީހުގެ އެތެރޭގެ ސެކިއުރިޓީ ބަލަހައްޓަވާ އެންމެ އިސްބޭފުޅާއެވެ.
''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހަލީމް ސަސްޕެންޑް ކޮށްފައިވަނީ އިއްޔެ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފްސީލު ޒިޔާއު ނުދެއްވައެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ހަލީމް އައްޔަންކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.