ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވާން ފެށުމާއި ގުޅިގެން މާލެ ސަރަހައްދުގައި ކާފިޔު ހިންގަން ފަށައި ޕާޓީތަކާއި، ހަފްލާތަކުގެ އިތުރުން ޕާޓީތައް ބޭއްވުން މަނާކޮށްފިއެވެ. 

ޑިރެކްޓަަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 27 ޖެނުއަރީން ފެށިގެން މެންދަމު 12:00 އިން ފަތިހު 4:00 އަށް، މާލެއާއި، ހުޅުމާލެއާއި،
ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރަން އަންގާ ކަމަށެވެ. 

އަދި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަގުތުން ހުއްޓާލުމަށް ވެސް އަންގާ ކަމަށް މައިމޫނާ ސޮއިކުރައްވައި އެެޗްޕީއޭއިން ނެރުއްވި ބަޔާނުގައި ވެއެވެ.

ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ މި ފަހަކަށް އައިސް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާފައި ވަނިކޮށެވެ. ކޮވިޑުގެ ހާލަތާއެކު ހަފްލާތަކާއި، ޕާޓީތަކުގެ އިތުރުން އެއްވުންތައް ބޭއްވުން މަނާކުރުމަށް ފަހު ހުއްދަ ދޭން ފެށީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެކަމަކު އެ ހުއްދަތައް ދިނީ އެޗްޕީއޭއިން އެކަމަށް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލުމަށް ފަހުއެވެ. 

ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އާއްމުން އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ. ޕާޓީތައް ބާއްވަން ހުއްދަ ދިނުމާއެކު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއަކުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 

ރާއްޖޭގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި 145 މީހަކު ޕޮޒިޓިވްވެ، ކޭސްތަކުގެ އަދަދު ވަނީ 15،247 އަށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،273 ގައެވެ. ހޮސްޕިޓަލުގައި 93 މީހަކަށް ފަރުވާދެމުންދާއިރު މި ބަލީގައި 51 މީހަކު ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.