ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 145 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 93 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 36 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހެކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ 2 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،338 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1،273 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 93 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،916 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 51 މީހަކު މަރުވެފައިވެއެވެ.

މިހާރަކަށް އައިސް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.