އއ.ތޮއްޑޫއިން މާލެ އައި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދީފައިވާ ގޮތުގައި، ތޮއްޑޫއިން އިއްޔެ މާލެ އައި މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ނިމެންދެން އެ ރަށަށް އަރައި ފޭބުންވަނީ މަނާކޮށްފައެވެ.

ތޮއްޑޫގެ އިތުރުން މ.ކޮޅުފުށި ވެސް ވަނީ ދާދިފަހުން މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އެ ރަށުން 9 މީހަކު މިހާރު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ހައި ރިސްކް ދެ މީހުން ހިމެނޭކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވަނީ "ޖަޒީރާ"އަށް މައުލޫމާތު ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.