ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާއި ގުޅިގެން މި ފުޓްބޯޅަ ސީޒަން ނިމިގެންދާއިރު ޔޫރަޕުގެ އެންމެ ބޮޑު 20 ޓީމަށް ޖުމްލަ 1.7 ބިލިއަން ޕައުންޑްގެ ގެއްލުން ވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

ޑެލޮއިޓް ފުޓްބޯޅަ މަނީ ލީގުގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުން މިދިޔަ ސީޒަނުގައި ވެސް ކްލަބްތަކަށް 976 މިލިއަން ޕައުންޑަށްވުރެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން ދަނޑުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުގެ ސަބަބުން މެޗްޑޭ އާމްދަނީ އެއްކޮށް ވަނީ ގެއްލިގެންގޮސްފައެވެ. އަދި ޓީވީ ބްރޯޑްކާސްޓް ކޮށްގެން ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑު ތަނުން ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިހާތަނަށް ޔޫރަޕުގެ އެންމެ ބޮޑު 20 ޓީމުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ބާސެލޯނާއިންނެވެ. އެ ކްލަބުން ވަނީ 627.1 މިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދާފައެވެ. ދެވަނައިގައި އޮތީ އެ ކްލަބްގެ ވާދަވެރި ރެއާލް މެޑްރިޑްއެވެ. މި ދެ ކްލަބްގެ އާމްދަނީ ވެސް މިދިޔަ ސީޒަނުގެ މިހާތަނާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން ވަނީ ދަށްވެފައެވެ. 

ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ހަގީގީ މިންވަރު ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ދެނެގަތުން ވާނީ އުނދަގޫ ކަމަކަށް ކަމަށް މާހިރުން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.