މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ މިޑްފީލްޑަރު ޖެސީ ލިންގާޑް ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ވެސްޓް ހަމް ޔުނައިޓެޑް ކަމަށް ބީބީސީއިން ރިޕޯޓްކޮށްފިއެވެ. 

މި ސީޒަނުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ލިންގާޑަށް އެދެވޭ މިންވަރަށް ޖާގަ ލިބިފައިނުވުމާއި ގުޅިގެން ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ޓީމަކަށް ބަދަލުވުމަށް އޭނާއަށް ވަނީ އިރުޝާދު ދީފައެވެ. އޭނާ ހޯދުމަށް އެހެން ކްލަބްތަކަކުން ވެސް މަސައްކަތްކުރި ނަމަވެސް މިވަގުތު ރޭހުގެ ކުރީގައި އޮތީ ޑޭވިޑް މޯޔޭސްގެ ވެސްޓް ހަމް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ލޯނު އެއްބަސްވުމެއްގެ ދަށުން ލިންގާޑް ގެންދަން ބޭނުންވާނަމަ ދާއިމީ އެއްބަސްވުމެއްގެ ދަށުން ކްރެއިގް ޑޯސަން ނުވަތަ ސައިދު ބެންރަހްމާ އެޓީމުން ގެންނަން ޖެހެއެވެ. އެއީ މިވަގުތު ވެސް ވެސްޓް ހަމްއަށް ލޯނު އެއްބަސްވުމުގެ ދަށުން ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ޕްރިމިއަރ ލީގުގެ ގަވާއިދު ބުނާ ގޮތުން ސްކޮޑުގައި ލޯނު ކުޅުންތެރިންގެ ގޮތުގައި ހިމެނޭނީ އިނގިރޭސި ލީގުތަކުގައި ކުޅޭ އެހެން ޓީމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. 

2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ޑޭވިޑް މޯޔޭސް ހުރި ދުވަސްވަރު ހޫނު މޫސުމުގައި ޔުނައިޓެޑް ކުރިޔަށް ގެންދިޔަ ތަމްރީން ކޭމްޕަށް ލިންގާޑް ގެންގޮސްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.