ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ. 

އެ ސިޓީގެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތަކެއް ފެނިގެން އިއްޔެ ނެގި ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އެނބުރި އައި މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މި ދަނޑިވަޅުގައި އެ ސިޓީގެ ރައްޔިތުން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓަވައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ ސިޓީގެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. 

ފުވައްމުލަކުން ކޮވިޑް 19 ގެ ކޭސްއެއް ފެނިފައިވާއިރު ރާއްޖޭގެ އެހެނިހެން ބައެއް ރަށްރަށުން ވެސް ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ވެސް ބައެއް ރަށްތައް މޮނިޓަރިންގ ހާލަތުގައި އެބައޮތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.