މ.ކޮޅުފުށިން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 9 އަކަށް އަރައިފިއެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެން ޝާމިލް "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު އެ ރަށުން 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއީ އިއްޔެ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުން ކަމަށާއި، އަދިވެސް 20 ސާމްޕަލްއެއްގެ ނަތީޖާ ނުލިބޭކަމަށް ޝާމިލް ވިދާޅުވިއެވެ. 

ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ ދެ މީހަކު ހިމެނޭކަމަށާއި އަދި ކުޑަ ދެކުދިންވެސް ހިމެނޭކަމަށެވެ. މިއީ އުމުރުން 1 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. ދެން ހިމެނެނީ ހުސް ޒުވާނުންކަމަށްވެސް ޝާމިލް ވިދާޅުވިއެވެ. އަދި، 60 އަހަރުން މަތީގެ ދެ މީހުން ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް އެޗްއީއޯސީއާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ޝާމިލް ވަނީ "ޖަޒީރާ"އަށް މައުލޫމާތު ދީފައެވެ.

މީގެއިތުރުންވެސް، އިތުރު ސާމްޕަލްތައް ނެގުމަށް މިހާރު ޓެސްޓް ކިޓުތައް އެ ރަށަށް ގެންދެވިފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް ކައުންސިލްގެ ރައީސްވަނީ މައުލޫމާތު ދެއްވާފައެވެ.

މ.ކޮޅުފުށްޓަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެ ރަށުން މާލެ އައި މީހަކުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާތީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.