ގދ.ތިނަދޫއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ގދ.ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ހުރި ފަރާތެކެވެ. އޭނާގެ ފަރާތުން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓު ވަނީ ޕޮޒިޓިވްވެެފައެވެ.
މިކަމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފަށާފައިވާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުންވެސް، ރޯގާގެ އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހޮސްޕިޓަލުގެ ހޮޓްލައިން 7934641 އާއި ހިއްސާކުރައްވެމަށްވެސް ވަނީ އެދިފައެވެ.