ސެންޑަލް މޮރިޝަސް އާއި ހަވާލުކޮށްފައިވާ ހައުސިންގް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރާ ހައުސިން ޔުނިޓުތައް ވިއްކުމުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދައުރެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެޗްޑީސީން ބުނީ ސެންޑަލް މޮރިޝަސް އިން ހުޅުމާލެ ފޭސް 1 ގެ D6-1C އަދި 1-D1 ޕްލޮޓްގައި ހިންގާ ހައުސިންގ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކުރެވޭ ހައުސިންގް ޔުނިޓުތައް ވިއްކުމުގައި އެ ކުންފުނީގެ ދައުރެއް ނޯންނާނެ ކަމަށެވެ. 

ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު ހައުސިންގް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 މާރިޗު 2015 ގައެވެ. 

ސެންޑަލް މޮރިޝަސް އާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓް ތަރައްޤީ ކުރުމާއި މި ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތައް ވިއްކުމުގެ އިހްތިޔާރު ލިބިގެންވަނީ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި މިއެއްބަސްވުމަކީ ސަރުކާރާއި އެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާތީ މި އެއްބަސްވުމުގެ ދަށުން ހައުސިންގ ޔުނިޓްތައް ވިއްކުމާއި މިކަމާއި ގުޅިގެން ކުރިއަށް ގެންދެވޭ އެއްވެސް މުޢާމަލާތެއްގައި އެޗް.ޑީ.ސީގެ ދައުރެއް ނުވާކަމަށް އެކުންފުނިން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.