އެންޓީ ކަރަޕްޝަން ކޮމިޝަން -- ފޮޓޯ: އަވަސް

ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އުސޫލެއް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާދީފިއެވެ.

އެސީސީން މިގޮތަށް ލަފާދީފައި ވަނީ ދައުލަތުގެ އެކި ދާއިރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އަމަލުކުރަމުން އަންނަ އުސޫލުތަކަކީ ނަޒާހަތްތެރިކަމާއެކު މަސައްކަތްތައް ބައްޓަން ކުރުމަށް ބާރުއަޅައި ހަރުދަނާ އުސޫލުތަކެއްކަން ކަށަވަރުކޮށް، މަސައްކަތް އިތުރަށް ހަރުދަނާކޮށް ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފާދީ އެކަންކަމާމެދު ދެކޭގޮތް ހާމަކުރުމަށް އެ ކޮމިޝަނުން ޝާއިރުކުރާ "ހުދު ކަރުދާސް" ސިލްސިލާގައެވެ.

މި ސިލްސިލާގައި އޭސީސީން ބުނެފައިވާ ގޮތުގައި ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ "ސެޓްލްމެންޓް ކޮމިޓީ" އިން، އެ މައްސަލަތައް ނިންމުމަށް އުސޫލެއް އޮތް ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިޔާއަތް ކުރާނެ ވަކި ކަންތައްތަކެއް އުސޫލުގައި ތަފްސީލްކޮށްފައި ނެތުމުން އެކި މައްސަލަތައް އެކިގޮތްގޮތަށް ނިންމުމުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއާއެކު، ވަކި ބަޔަކަށްނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީ އެ ފައިދާ ހޯދައިދީ، ނާޖާއިޒު ފައިދާ ލިބިގަތުމުގެ ފުރުސަތު އޮތުމުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

ދައުލަތުން ބަދަލުދިނުމާއި ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން  އޭސޯސޯމް 6 މައްސަލައެއްހެެެެެެެެެެެެެެެެެެެެެެެެި ތަހުގީގުކުރަމުންދާ 6 މައްސަަލައަކަށް މި ސިލްސިލާގައި ހިމެނޭ ކަމަކާ ބެހޭގޮތުން މި ސިލްސިލާގައި ވާހަކަ ދައްކާފައިވާއިރު،  އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައިގަނޑު 9 މައްސަލަވެސް ވަނީ ފާހަގަކޮށް، ހައްލުކުރަން ލަފާވެސް ވަނީ ހުށަހަޅާފައެވެ.

އޭސީސީން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ސެޓްލްމެންޓް ކޮމިޓީއާ ގުޅޭގޮތުން މައިގަނޑު 4 ލަފައެއް ހުށަހަޅާފައިވާއިރު،ޖުމްލަ 8 ކަމެއް އެ އުސޫލުގައި ހިމެނުމަށް ވަނީ ހުށަހަޅާފަައެވެ

އުސޫލުގައި ހިމެނުމަށް އޭސީސީން ލަފާ ދީފައިވާ ކަންކަން:

  1. ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތުކޮށްދޭންޖެހުން
  2. ބަދަލަށް އެދި ތުހުމަތެއް ކުރާއިރު، ކުރެވުނު ތުހުމަތާއި ނުކުތް ނަތީޖާއާއި ގުޅުން ގާއިމްކޮށް، ލިބުނު ގެއްލުމުގައި ފެކްޗުއަލް ނުވަތަ ލީގަލް ކޮޒޭޝަނެއް ޤާއިމްކުރެވިފައިވޭތޯ ކަށަވަރުކުރުން
  3. ލިބިފައިވާ ގެއްލުމުގެ ހެކި ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލުން
  4. ' ސްޓެންޑަރޑް އޮފް ޕްރޫފް' ނުވަތަ ހެކި ސާބިތުކުރާނެ މިންގަނޑެއް އެކަށައެޅިގެންދާނެގޮތެއް ކަނޑައެޅުން
  5. ލިބިފައިވާ ގެއްލުމަކީ، އެއްބަސްވުމުގައި ދެފަރާތުންވެސް އަންދާޒާކުރެވިފައިވާ ގެއްލުމެއްކަން ސާބިތުކުރެވުން
  6. އެއްބަސްވުމުގައި ލިބިދާނެ ގެއްލުންތައް އަންދާޒާ ކުރެވޭނެ މާއްދާއެއް އޮތްކަން ކަށަވަރުކުރުން
  7. ގެއްލުން ކުޑަ ކުރުމަށް ނުވަތަ މިޓިގޭޓް ކުރުމަށް ކޮށްފައިވާ ކަންތައްތަކަކީ ކޮބައިކަން ބެލުން
  8. ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން ލިބިފައިވާ ގެއްލުން އަގުކުރުމަށް ހެދޭ އެސެސްމެންޓެއް ހެދުން، އަދި މި އެސެސްމެންޓް ހަދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުން
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *