ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ހިލާފަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން މާލޭގެ މަގުތަކުގައި އިއްޔެ މެންދުރާއި، ރޭގަނޑުގައި ކުރި މުޒާހަރާއިން ހައްުޔަރުކުރި އެންމެން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. 

އިދިކޮޅުގެ މުޒާހަރާ ފެށީ އިއްޔެ މެންދުރު އެކެއް ޖެހިހާއިރު ޕީޕިއެމް އޮފީސް ކުރިމަތިންނެވެ. އެއަށް ފަހު ލީޑާޝިޕްގެ ބޭފުޅުންވެސް ހިމެނޭ ގޮތަށް މުޒަހަރާގެ ބައިވެރިން މިސްރާބު ޖެހީ އަމީނީމަގުން އިލެކްޝަން ކޮމިޝަން (އީސީ) ގެ އިމާރާތާ ދިމާލަށެވެ. އިސްކަންދަރު ކޮއްޓާއި ހަމައިން ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއެޅި އެވެ. 

އެއަށްފަހު ބޮޑެތި މަގުތަކުގައި ދުވެ، އިދިކޮޅުން ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައެއް ނުވެ އެވެ. 

މެންދުރުގެ ވަގުތުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންނާއެކު 24 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ފަހުން ވަނީ ދޫކޮށްލާފަ އެވެ. 

އޭގެފަހުން އިއްޔެރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް ހައްޔަރުކޮށްފައިވެއެވެ. އެ މުޒާހަރާ ކުރިއަށްގެންގޮސްފައިވަނީ ބޮޑުތަކުރުފާނު މަގަށް ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ. ފަހުން ވަނީ ލަތީފްވެސް ފުލުހުންގެ ބަންދުން ދޫކޮށްލަފަ އެވެ. 

އިދިކޮޅުން މުޒާހަރާ އަށް ނިކުމެފައިމިވަނީ ސީދާ ހަރަކާތަށް މަގުމަށްޗަށް ނިކުންނަންވެގެން ކައުންސިލުން ގަރާރެއް ފާސް ކުރުމަށް ފަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.