ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ދިވެހިރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންް، ކުޑައިމީސްކޮށް ވާހަކަ ދެއްކުމުން ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް، ކުޑައިމީސްކޮށް ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި ޕީޕީއެމްގެ އާއްމު ޖަލްސާތަކުގައި އެވާހަކަތައް ދެއްކުމަކީ ކަންބޮޑުވުންތައް އިތުރުވާ ކަމެއް ކަމަށެވެ.

ކާނިވާ ސަރަހައްދުގައި ރޭ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި އަވަށްޓެރި އިންޑިއާއަށް ފާޑު ކިޔައި ވާހަކަދައްކަވާފައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ. އެގޮތުން ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ އިންޑިއާއާ ގުޅިގެން ކަމަށާއި، އެއަށްފަހު ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ.

އިންޑިއާއަށް ފާޑު ކިޔައި އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދުރޭ ވާހަކަދައްކަވާފައިވާއިރު، ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސުލްހަ ބެހެއްޓުމުގައި އެންމެ އިސްދައުރެއް ކުޅޭ ގައުމަކީ އިންޑިއާ ކަމަށާއި، އެ ގައުމަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވާ ގައުމެއް  ކަމަށެވެ.

ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން ކަމާމެދު ޝައްކެތްވެސް ނެތްވަރަށް އެނގިވަޑައިގަންނަވާ ކަމަށާއި،  ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ސަރަހައްދު އޮތީ އިންޑިއާ ކަނޑުގައިކަން ފާހަގަ ކުރައްވައި ދިވެހިންގެ ހަމަޖެހުން އޮތީ އެ ކަނޑުގެ ހަމަޖެހުމަށް ކަމަށް އެމަނިކުފާނުމީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ސަރަހައްދު އޮތީ އިންޑިއާ ކަނޑުގައިކަމަށްވުމުން ދިވެހިންގެ ހަމަޖެހުން ވެސް އޮތީ އެ ކަނޑުގެ ހަމަޖެހުމާއި ގުޅިފައި ކަން ފާހަގަކުރައްވައި، އިނގިރޭސީންގެ ކުރިން އިންޑިއާ ކަނޑުގައި އޮތް ބާރެއް އޮތީ ވެސް ދިވެހިންނާ އެކުގައި ކޮންމެވެސް އެއްބާވަތެއްގެ މުޢާމަލާތެއް ހިންގައިގެން ކަމަށް ވިދާޅުވެފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.