ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލުވާން ނިންމައިފިއެވެ. 

އާދިއްތަ ދުވަހު އޭނާ އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވާއިރު ހޯމަ ދުވަހުގެ ވަގުތެއްގައި ލަންޑަނަށް ގޮސް މެޑިކަލް ފުރިހަމަކޮށް ލޯނު އެއްބަސްވުމުގައި އޭނާ ސޮއިކުރާނެއެވެ. މި ސީޒަނުގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާއިރު އޭނާގެ މުސާރަ ކަމަށްވާ ހަފްތާއަކު 52،000 ޑޮލަރު ދައްކާނީ ވެސް އެ ޓީމުންނެވެ. އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް އާސެނަލްއިން ލޯނު ފީއެއް ދެއްކިއިރު ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ގަނެވޭނެ ފަދަ މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ. 

އާސެނަލްގެ އިތުރުން ލަލީގާގެ ރެއާލް ސޮސިއެޑާޑުން ވެސް އޮޑެގާޑް ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޮޑެގާޑް އާސެނަލްއަށް ބަދަލުވާން ނިންމީ އެޓީމުގެ ކޯޗު މިކެލް އާޓެޓާއާ ވާހަކަ ދެއްކުމަށްފަހުއެވެ. 

އޮޑެގާޑް ރެއާލްއިން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވީ އޭނާއަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. މި ސީޒަނުގައި އޭނާ ރެއާލްއަށް ކުޅެފައިވަނީ އެންމެ ނުވަ މެޗުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.