ކޯވިޑްގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ސިފައިން އަންނަނީ ތައްޔާރުވަމުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަޤާމުގެ ކުރިއެރުން ޙާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސިފައިންގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާގެ އޯގާތެރި ޚިދުމަތް، ދިވެހި ތާރީޚާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއް ކަމަށެވެ. އަދި މިހާރުވެސް ސިފައިން ތައްޔާރުވަމުންދަނީ ރައީސް ޞާލިޙް އެކަމަށް އެދިވަޑައިގެންނެވުމުން ކޯވިޑް 19 ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މި ދަތިއުނދަގޫ ޙާލަތުގައިވެސް، ސިފައިން ދިޔައީ ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓަވައި، ދަމަހައްޓަވައި، ރައްޔިތުންގެ ޚިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް، ސިފައިން ޢަޒުމް ކަނޑައަޅާ، އެޢަޒުމް ވަރުގަދަކުރަންވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.