ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ހިލާފަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރި މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރުކޮށްފި އެވެ. 

ދިކޮޅުގެ މުޒާހަރާ ފެށީ މިއަދު މެންދުރު އެކެއް ޖެހިހާއިރު ޕީޕިއެމް އޮފީސް ކުރިމަތިންނެވެ. އެއަށް ފަހު ލީޑާޝިޕްގެ ބޭފުޅުންވެސް ހިމެނޭ ގޮތަށް މުޒަހަރާގެ ބައިވެރިން މިސްރާބު ޖެހީ އަމީނީމަގުން އިލެކްޝަން ކޮމިޝަން (އީސީ) ގެ އިމާރާތާ ދިމާލަށެވެ.

ރައީސް އަބްދުﷲ ޔާމީން މިިނިވަން ކުރުމަށާއި، އިންތިހާބު އަވަސްކުރަން ގޮވާލާ ބައިވެރިން އަމީނީ މަގުން، އީސީ ހުންނަ ގޯޅިއާ ދިމާލަށް މިސްރާބު ޖަހަން އުޅުމުން ފުލުހުން ވަނީ އިސްކަންދަރު ކޮށި ކައިރިން ބައިވެރިން ފަހަތަށް ޖައްސާލާފައެވެ. އެއަށް ފަހު ފަހަތަށް ޖައްސަމުން ގޮސް ގިޔާސުއްދީން ސްކޫލަށް ހަމަޔަށް ފަހަތަށް ޖެއްސުމުން އެތަން ދޫކޮށް ބާ ޖަމާލުއްދީން ސްކޫލު ކުރިމަތީގައި އަޑު އުފުލުމަށް ފަހު މަޖީދީ މަގުގައި ބައިވެރިން ދަނީ ދަނީ މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުވެސް ހިމެނިވަޑައިގަންނަވަ އެވެ. 

އިދިކޮޅުން މުޒާހަރާ އަށް ނިކުމެފައިމިވަނީ ސީދާ ހަރަކާތަށް މަގުމަށްޗަށް ނިކުންނަންވެގެން ކައުންސިލުން ގަރާރެއް ފާސް ކުރުމަށް ފަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.