ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާއި ހަވާލުކުރައްވައިފިއެވެ. 

މިއާއި އެކު ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުއެވެ. 

ހޫދު މި މަގާމަށް އައްޔަނުކުރެއްވީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިއްޔެ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު ކަން ވެސް ކުރެއްވި ހޫދު ވަނީ މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތް ކުރައްވާފައެވެ. ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.