ހުސްވެފައިވާ އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް މިއަދު އައްޔަނުކޮށްފިއެވެ. 

ހަބީބް އީސީގެ ނައިބު ކަމަށް އައްޔަނުކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައެވެ. ކުރިން ކޮމިޝަންގެ ނައިބުގެ މަގާމުގައި ހުންނެވީ އަހުމަދު އަކުރަމެވެ. އެ  މަގާމު ހުސްވީ އަކްރަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުގެ ގާނޫނުގައި ބުނާގޮތުން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކޮމިޝަންގެ ރައީސް ކަމުގެ މަގާމް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމް ހުސްވެއްޖެ ނަމަ މަގާމް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަނުކުރަންޖެހެއެވެ. އެ ކޮމިޝަންގެ ރައީސަކާއި، ނައިބު ރައީސަކު ޢައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންނެވެ. 

އީސީގެ މެމްބަރު ކަމުގެ ދެވަނަ ދައުރަކަށް ހަބީބް އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އަކީ މީގެކުރިން އީސީގެ މުވައްޒަފެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.