އުތުރު ކޮރެއާގެ އިސް ޑިޕްލޮމެޓެއް ދެކުނު ކޮރެއާއިން ހިމާޔަތް ހޯދައިފިއެވެ. 

ރިއު ހުން ވޫ ދެކުނު ކޮރެއާއިން ހިމާޔަތް ހޯދިއިރު އޭނާ ހުރީ އުތުރު ކޮރެއާއިން ކުވައިތަށް ކަނޑައަޅުއްވާފައިވާ ހުންނަވާ އެކްޓިން އެމްބެސެޑަރުގެ މަގާމުގައެވެ. ހިމާޔަތް ހޯދުމަށް ދެކުނު ކޮރެއާގައި ރިއު އެދުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ދެކުނު ކޮރެއާއަށް މިހާރު ގޮސްފައިވާއިރު އެގައުމަށް އޭނާ ދަތުރުކުރި ތާރީހް އެނގިފައެއް ނުވެއެވެ. 

އުތުރު ކޮރެއާ ދޫކޮށް އެގައުމުގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ގޮސްފައިވާއިރު އޭގެތެރެއިން ގިނައީ ޗައިނާގެ ބޯޑަރު ހުރަސްކުރާ މީހުންނެވެ. އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން އެހެން ގައުމަކުން ހިމާޔަތް ހޯދުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. 

ކުވައިތަށް އުތުރު ކޮރެއާއިން ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން އެމްބެސެޑަރުގެ މަގާމަށް ރިއު އައްޔަނުކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ އިތުރުން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވެސް ވަނީ ދެކުނު ކޮރެއާއިން ހިމާޔަތް ހޯއްދަވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.