މިފަހުން ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ރައީސް މައުމޫން ވިދާޅުވީ ކޭސްތައް އިތުރުވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރުން މިހާރަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. 

ފާއިތުވި ހަފްތާ ތެރޭގައި ރާއްޖެއިން ރިޕޯޓު ކުރަމުން އަންނަ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް 100 ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 108 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 79 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ރިސޯޓުތަކުން 23 ކޭސްއެއް ފެނުނުއިރު އަތޮޅު ތެރެއިން 5 ކޭސް އެއް ވަނީ ފެނިފައެވެ. މިހާރު ރާއްޖޭގައި 1،086 މީހުން ދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.