މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަޑޮރ ކޮވިޑް 19 އަށް ޕޮޒިޓިވްވެވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ ޓްވިޓަރ މެދުވެރިކޮށް މިކަން ހިއްސާކުރައްވާފައެވެ. 

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ކުދި އަލާމާތްތަކެއް ފެންނަމުންދާ ކަމަށް ވިދާޅުވެ ބަލިން ފަސޭހަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމަނިކުފާނު ދެން މަސައްކަތްކުރައްވަމުން ގެންދަވާނީ ގެކޮޅުންނެވެ. 

އެގޮތުން ގެކޮޅުގައި ހުންނަވައިގެން ހޯމަ ދުވަހުގެ ވަގުތެއްގައި ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންއާ ފޯނު މެދުވެރިކޮށް އެމަނިކުފާނު މަޝްވަރާކުރައްވާނެއެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ރަޝިއާއިން އުފައްދާ ކޮވިޑް ވެކްސިން މެކްސިކޯއަށް ގެނައުމާއި މެދު ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރަޝިއާގެ ވެކްސިން އަކީ ކޮވިޑްއަށް އޮތް ފަރުވާއަކަށްވާނަމަ އެ ވެކްސިންގެ 12 މިލިއަން ޑޯޒް ގަންނާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި މެކްސިކޯގެ ރައީސް ވަނީ ވިދާޅުވެފައެވެ. 

ކޮވިޑް ފެތުރެން ފެށިފަހުން މެކްސިކޯގެ 1.75 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު ގާތްގަނޑަކަށް 150،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.