އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން އިތުރަށް ދިރާސާކުރަން ފަށައިފިއެވެ. 

''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކޮވިޑް ވެކްސިން ސްޓިއަރިން ކޮމިޓީގެ ޗެއާޕާސަން ޑރ. ޝާހު މާހިރު ވިދާޅުވީ، ވެކްސިންއާ ގުޅޭ މައުލޫމާތުތައް ލިބިފައިވާ ކަމަށާއި، އެ މައުލޫމާތުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ނަމަވެސް އެމްއެފްޑީއޭއިން ވެކްސިން އެޕްރޫވް ކުރުމުގައި ވަކި މިންގަނޑުތަކަކަށް ބަލަމުންދާ ކަމަށާއި، އެ މިންގަނޑުތަކަށް ބެލުމަށް ފަހު ވެކްސިން ޖަހަން ހުއްދަ ދެވޭނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު ވެކްސިން ޖަހަން ފަށާނެ ސީދާ ތާރީހެއް މާހިރު ވިދާޅެއް ނުވެއެވެ. 

''ވަރަށް އަވަހަށް ހުއްދަ ދެވޭނެ، މާގިނަ ދުވަހެއް ނުނަގާނެ'' މާހިރު ވިދާޅުވިއެވެ. 

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައި ވަނީ ކޮވީޝީލްޑްގެ 100،000 ޑޯޒްގެ ވެކްސިނެވެ. 

'ކޮވިޝީލްޑް' އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަން ދެނެގަނެފައިވާ، ވެކްސިނެކެވެ. އަދި މިއީ ފަސޭހައިން
ފިނިހޫނުމިން ބެލެހެއްޓޭގޮތަށް އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭނެ
ވެކްސިނެއްކަމުން، ވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ. އަދި 20 ޖަނަވަރީ 2021 ގައި
ރާއްޖެއަށް އިންޑިއާއިން ލިބުނު 'ކޮވިޝީލްޑް' ގެ ބެޗް ތައްޔާރުކޮށްފައި ވަނީ ޔުނިވަރސިޓީ އޮފް އޮކްސްފޯޑް އާއި
އެސްޓްރާޒެނެކާ (AstaZeneca) ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ދުނިޔޭގައި
ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.