ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުތަކުން ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ވެސް މޮޅުވެއްޖެއެވެ. 

ރަށުން ބޭރުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސަސްޕެންޝަންގެ ސަބަބުން އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. މި މެޗުގައި ބާސާއިން ޖެހި ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފްރެންކީ ޑިޔޮންގއެވެ. ބާސާއިން މެޗުގައި ޖެހި ދެވަނަ ލަނޑު ބެންޗުން އަރައި 89 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ރިކީ ޕުޖްއެވެ. 

އެތުލެޓިކޯއިން ވަނީ 3-1 އިން ވެލެންސިއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ ވެލެންސިއާއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އުރޮސް ރަސިޗްއެވެ. އޭގެ ފަހުން ޔައޮ ފީލިކްސް، ލުއިސް ސުއަރޭޒް އަދި އެންހެލް ކޮރެއާ ވަނީ ލަނޑު ޖަހައި މެޗުން އެތުލެޓިކޯ މޮޅުކޮށްދީފައެވެ. 
މި މޮޅާއެކު އެތުލެޓިކޯއިން ވަނީ ތާވަލުގެ އެއްވަނައިގައި އެއް މެޗު މަދުން ކުޅެގެން 7 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެޓީމަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލްއަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓްއެވެ. ބާސާ ތިންވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.