ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުުރުމުގެ މުބާރާތެއް ބޭއްވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނިންމައިފިއެވެ. 

މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. ގިނަ ގައުމުތަކުގައި އެ ގައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް އަންނަނީ ބޭނުންކުރަމުންނެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ވެސް އެ ފަދަ ނިޝާނެއް ހެދުމަށް ނިންމާ، ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލާ ކަމަށެވެ. އެމްއެމްއޭ އިން ބުނީ ކޮޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށެވެ. އަދި އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެއެވެ.

ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރަން ހޮވޭ ޑިޒައިން ފަރުމާކުރާ ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު  މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 21 އެވެ.

ދިވެހި ފަރުމާ ކުރުންތެރިންނަށް ހުޅުވާކި މި މުބާރާތުގެ އިތުރު މައުލޫމާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކުން އިން ބައިވެރިވެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.