އިންނަމާދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރާ ސަރަހައްދު

ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކަރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ކުރަމުން އެބަ ގެންދެއެވެ.

އިންނަމާދޫ ފެނުގެ ނިޒާމުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އިންނަމާދޫއަށް ގެންގޮސްފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އިންނަމާދޫގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން މި ގެތަކަށް ރައްކާތެރި ބޯފެން ވެސް ފޯރުކޮށްދޭނެއެވެ.

އިންނަމާދޫގެ ފެނުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ ޖުމްލަ 50 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *