މ. ކޮޅުފުއްޓަށް އަރާ ފޭބުން މަނާކޮށްފިއެވެ. 

އެޗްއީއޯސީން ބުނީ، އަރާ ފޭބުން މަނާކޮށްފައި ވަނީ އެ ރަށުން މާލެ އައި މީހަކުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. 

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ އިތުރުން ކޭސް އިންވެސްޓިގޭޝަން ހިންގަން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. 

ރާއްޖޭގައި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ ވަނީ އެތައް ދުވަހަކަށް ފަހު 100 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި 108 މީހުންނާއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 14،993 އަށް އަރާފައެވެ. ބަލި ޖެހިގެން މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 80 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ރިކަވަރީގެ އަދަދު އުޅެނީ 13،849 ގައެވެ. ކޮވިޑް ބަލީގައި 51 މީހަކު ވަނީ މަރުވެފައެވެ. ރާއްޖޭގައި ވެކްސިން ދޭން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.