އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް ކަޓުވާލައި ފަސްވަނަ ބުރަށް އެ ކްލަބްގެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. ޔުނައިޓެޑަށް 26 ވަނަ މިނެޓުގައި އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މޭސަން ގްރީންވުޑްއެވެ. 

މި މެޗުގެ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ޔުނައިޓެޑުން ލީޑު ނެގިއިރު އެޓީމަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ސަލާހު ވަނީ ލިވަޕޫލްއަށް އެއްވަރުކޮށްދީފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ބެންޗުން އަރައި 78 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޖަހައިދިނީ ބްރޫނޯ ފަނާންޑޭޒްއެވެ. 

ފަސްވަނަ ބުރުގައި ޔުނައިޓެޑް ނުކުންނަން ޖެހޭނީ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށެވެ. ޔުނައިޓެޑްގެ އިތުރުން ޗެލްސީ، ލެސްޓާ، އެވަޓަން އަދި ބާންލީއިން ވެސް ވަނީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.