ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ހަސަން އިސްތިއުފާ ދެއްވައިފި އެވެ.
ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަޤާމުގައި ހަސަން ހުންްނެވީ ސްޓޭޓް މިނިސްޓަރުން ފެންވަރުގަ އެވެ.
އެނގިފައިވާގޮތުގައި ހަސަން ވަނީ މަޤާމުން އިސްތިއުފާ ދެއްވާ، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީފުޅު ފޮނުއްވާފަ އެވެ. އަދި އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތުގައި އުޅުއްވުމަށްކަމަށް އެނގިފައިވެއެވެ.
ހަސަން އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ވަނީ ފައްޓަވާފަ އެވެ. އެގޮތުން އެ އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދު މަޤާމުން ދުރުކޮށް، އެ މަޤާމަށް މަބްރޫކް އަޒީޒް އައްޔަންކޮށްފައިވެއެވެ.