ދައުލަތުގެ އަނެއް ދެބާރުގެ އިމުގެ ތެރެއަށް ކޯޓުން ވަނުމަކީ ޤާނޫނުއަސާސީގެ ތަޞައްވަރެއް ނޫންކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިގޮތަށް ބުނެފައިވަނި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރި ކުރުން ބާތިލްކުރުމަށް، އަމިއްލަ ފަރުދެއްގެ ގޮތުން މޫސާ އަންވަރު ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގަ އެވެ. އެ މައްސަލާގައި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ސާފު އަޤުލަބިއްޔަތުން ނެރުނު ހުކުމް ކަނޑައެޅީ އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ހާއްސާކުރީ ރަނގަޅަށްކަމަށެވެ. 

މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކްމް އިއްވަވަމުން ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކުން ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކޮށްފައިވާކަމެއް ކުރެވޭނެ އެއަށްވުރެ މާރަނގަޅު ގޮތެއް އެބައޮތްކަމަށް ބުނެ، ބަދަލު ކުރުމަކީ ޤާނޫނުއަސާސީން ތަޞައްވަރުކުރާކަމެއް ނޫންކަމަށެވެ. އަދި އެއީ ތިންބާރު ވަކިކުރެވިފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދައުރެއްވެސް ނޫންކަމަށެވެ. 

އޭގެއިތުރުން ދިވެހިރާއްޖޭގައި ސިޔާދަތީ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީކަމަށްވާތީ، ޤާނޫނުއަސާސީ ފަހަނައަޅައިގޮސް، އެއްބާރު އަނެއްބާރުގެ އިމުގެ ތެރެއަށްވަދެ ކަންކަން ނިންމުމަކީ ޤާނޫނުއަސާސީތަޞައްވަރުކުރާ އަދި ހުއްދަކުރާކަމެއް ނޫންކަމަށެވެ. 

ހުކުމްގައި ހައިކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާޤްވެ ބުނެފައިވަނީ ޤާނޫނުއަސާސީން ނުވަތަ ޤާނޫނުން ލިބިދީފައިނުވާ ބާރެއްގެ ބޭނުން ކޮށްފިކަމަށްބުނެ ހުށަހެޅޭ ޝަކުވާތައް ޖުޑީޝަލް ރިވިއުގެ ތެރެއިން ބެލުމަކީ ޢަދުލު އިންސާފުޤާއިމުކުރުމުގެ ބާރުގެ ދުސްތޫރީ މަސްއޫލިއްޔަތުކަމަށެވެ. ނަމަވެސް އެމަސްއޫލިއްޔަތު އަދާ ކުރުމުގެ ނަމުގައި ދައުލަތުގެ އަނެއް ދެބާރުގެ އިމުގެ ތެރެއަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުން ވަނުމަކީ ޤާނޫނުއަސާސީގެ ތަޞައްވަރެއް ނޫންކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *