ކޮވިޑް 19 އަށް މިއަދު 108 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،993 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 79 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 23 މީހަކެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 5 މީހަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެކަކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،256 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1،086 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 80 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،849 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 51 މީހަކު މަރުވެފައެވެ.

މިއީ މިފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.