މާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓި އޭނައަށްދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19:45 ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ގެސްޓް ހައުސްއެއް ހިންގާ ގެއެކެވެ. ވެއްޓިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ހާލު ސީރިއަސްކަމެއް އަދި އައިޖީއެމްއެޗް އިން ހާމަކޮށްފައެއް ނުވެއެވެ.