ކޮވިޑް 19 ޖެހިގެން ރާއްޖެއިން 51 ވަނަ މީހާ މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މަރުވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނަކެވެ. އޭނާ މަރުވިއިރު ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މަރުވީ މިއަދު ހަވީރު 4:27 ހާއިރުއެވެ.
ކޮވިޑް 19 ޖެހިގެން ރާއްޖެއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް މީހަކު މަރުވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މިހާރު އިތުރުވަމުންނެވެ.