މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގިލި ލަންކަންފުށި ރިސޯޓުން އެ ރިސޯޓާއި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް އެދިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ އަމުރު ލިބުމާއި ގުޅިގެން، މިހާރު ވަނީ ކަމާ ގުޅުންހުރި މުއައްސަސާތަކާއި ހިއްސާކުރެވިފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅެކެވެ. ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނަ އިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ ފިނޮޅަށް ޕިކްނިކް އާންމު ރައްޔިތުން ދިއުން ހުއްޓުވުމަށްޓަކައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހިމެނޭހެން ބަޔަކު ގޮސް ކޯރުކަނޑާ ފިނޮޅު ހަލާކު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ކ. ހިންމަފުށީ ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވަނީ ހުއްޓުވާފައެވެ.

މި މައްސަލަ ދަނީ ފުލުހުންނާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅިގެން ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.