16 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި ގުޅޭ މަޝްރޫއުތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފި އެވެ.
2021 ވަނަ އަހަރު ޕީއެސްއައިޕީގައި ސިއްހީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް އެ މަޝްރޫއެއް ނިސްބަތްވާ ކައުންސިލަކާއި ހަވާލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، 16 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި ގުޅޭ މަޝްރޫއުތައް ކައުންސިލްތަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލެއްގެ ފަރާތުން ދާއިރާގެ މެމްބަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫއުތައް މެމްބަރުންނާއި ހަވާލުކުރެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއެވެ.
ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށްތައް:
- ހއ. ފިއްލަދޫ
- ހއ. ވަށަފަރު
- ހދ. ފިނޭ
- ހދ. ވައިކަރަދޫ
- ރ. ވާދޫ
- ރ. މާކުރެތު
- ރ. އަނގޮޅިތީމް
- ރ. ހުޅުދުއްފާރު
- އއ. ފެރިދޫ
- މ. މުލައް
- ލ. މާމެންދޫ
- ގއ. ނިލަންދޫ
- ގއ. ދެއްވަދޫ
- ގއ. ފިޔަވަރީ
މި މަޝްރޫއުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޖެނެރަލް އޮފީހަކާއި ފަބްލިކް ހެލްތު، ކޮންފަރންސް ރޫމް ހެދުމުގެ މަސައްކަތެވެ. އަދި ބައެއް ސިއްހީ މަރުކަޒުތަކުގައި ކައުންސެލިންގް ރޫމާއި ސްޓޯރޭޖް އަދި ގަރާޖެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.