ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަދީފިއެވެ. 

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތަކަށް މިއަދުން ފެށިގެން ހުޅުވައިގެން ޚިދުމަތްދިނުމުގެ ހުއްދަދީފައިވާ ކަމަށެވެ. އަދި މިތަންތަން ހިންގަންވާނީ ކޯވިޑް19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް އެޗްޕީއޭ އިން ނިންމީ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މާލޭގެ ކޮވިޑުގެ ހާލަތު ރަނގަޅުވާން ފެށުމާއި އެކު ވަނީ ސްކޫލްތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވާދޭން ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.