ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް ވަކި ދާއިރާތަކެއް ކަނޑައަޅައި އެއީ ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ހަދަން މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފައެވެ. އެކަން އުވާލުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ މޫސާ އަންވަރު އެވެ.

މައްސަލަ ހުށަހެޅުއްވި މޫސާ އަންވަރު ބަޔާން ކުރައްވާ ގޮތުގައި އެކަމަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ތަފާތު ނުކުރުމުގެ ހައްގު ގެއްލިގެން ގޮސް ފިރިހެނުންގެ ހައްގުތައް ގެއްލި އެމީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ވެސް ގެއްލިގެންދެއެވެ.

މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ، މޫސާ އަންވަރު ސުވާލު އުފައްދާ ބައިތަކަކީ ޤާނޫނުއަސާސީން ހުއްދަކޮށްފައިވާ ތަފާތު ކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްފައިވާ އިޞްލާޙު ތަކެއްކަމަށްވާތީ، އެއިޞްލާޙުތަކަކީ، ޤާނޫނުއަސާސީއާއި ތަޢާރުޟުވާ އިޞްލާޙުތަކެއް ނޫން ކަމަށް ކަނޑައަޅައި ހުކުމްކުރާކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމުގެ ސަބަބުން، އެ އިޞްލާޙުތަކާއި، އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާގެ (ނ) އާއި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކުގެ ޢަދަދު ކަނޑައެޅުމާއިގުރުއަތު ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުއަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ޤާނޫނުގެ މާނައިގެ ތެރޭގައި ހިމެނިގެންވާ ޞައްޙަ ބައިތަކެއްކަމާއި އަދި އުޞޫލެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިންތިފާޤުން ހުކުމްކުރާކަމަށެވެ. 

އިތުރު ތަފްސީލް އަންނަނީ..

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.