މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ހުށައެޅިފައިވަނީ އަހަރުގެ އެންމެ ފަހު ކުއާޓާ، ހަތަރުވަނަ ކުއާޓާގައި ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހުށައެޅިފައިވާ ގެވެށި އަނިޔާގެ މައްސަލަ ތަކުގެ އަދަދަކީ 249 އެވެ. މީގެ ތެރެއިން އަންހެނުން ގެެވެށި އަނިޔާ ހިންގި ކަމަށް ރިޕޯޓް ކުރެވުނު އަދަދަކީ 43 އެވެ. އަދި ފިރިހެނުުން ގެެވެށި އަނިޔާ ހިންގި ކަމަށް ރިޕޯޓް ކުރެވުނު އަދަދަކީ 260 އެވެ. 

އަނިޔާގެ އަމަލު ހިންގާފައިވާ 18 އަހަރު މަތީގެ މީހުން އަދި 18 އަހަރުން ދަށުގެ ކުދިން ހިމެނޭ މައްސަލަތަކުގެ
ޖުމުލަ އަދަދަކީ 189އެވެ. އެގޮތުން 18 އަހަރުން ދަށުގެ ދެ ކުދިންނާއި، 
އަނިޔާގެ އަމަލު ހިންގާފައިވާ 18 އަހަރުން މަތީގެ 243 ހިމެނެއެވެ. 

ގެވެށި އަނިޔާތަކުގެ މައްސަލަތަކުގެ ތެރެއިން އުމުރުން ދުވަސްވި އަންހެނުންގެ އަދަދު ނުވައެއްގައި އަދި ތިން ފިރިހެނުން ހިމެނެއެވެ. ހަތަރު ވަނަ ކުއާޓާގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ތިން ބިދޭސީއާކު ހިމެނޭ މައްސަލައެއް ވަނީ ހުށައެޅިފައެވެ. 

މިދިޔަ އަހަރުގެ އެހެނިހެން ކުއާޓާތަކަށް ބަލާއިރު ފުރަތަމަ ކުއާޓާގައި ގެވެށި އަނިޔާގެ 170 މައްސަލަ، ދެވަނަ ކުއާޓާގައި 115 އަދި ތިން ވަނަ ކުއާޓާގައި 220 މައްސަލައެއް ވަނީ ހުށައެޅިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.