މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 99 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ވަނީ މިހާތަނަށް 99,299,845 ކޭސް ރިޕޯޓުކޮށްފައެވެ. މި ބައްޔަށް ފަރުވާ ހޯދައިގެން 71 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު ދެ މިލިއަން މީހުން ވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ގައުމުތަކުން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އިއްޔެ އެކަނިވެސް އެގައުމުން 175,000 ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 3000 ށް ވުރެ ގިނަ މަރު ރިޕޯޓުކޮށްފައިވެއެވެ. މުޅި ޖުމްލަ އެމެރިކާއިން ވަނީ 25 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައެވެ.

ދެވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އިންޑިއާއިންނެވެ. މުޅި ޖުމްލަ 10 މިލިއަން ކޭސް ރިޕޯޓުކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން ރިޕޯޓުކޮށްފައިވަނީ 14،000 ކޭސްއެވެ.

މިފަހުން ބްރެޒިލް އިން ރިޕޯޓު ކުރަމުންދާ ކޭސްތައް ވެސް ދަނީ އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރު 61،000 ށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި އެތައް ހާސް ބައެއްވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމަށެވެ. އެގޮތުން އިންޑިއާއިން ވަނީ ދުނިޔޭގެ ވެސް އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާ، އެހެން ގައުމުތަކަށް ވެސް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.