ފުލުހުންގެ ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލަތަކަކާއި ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. 

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ބޮކިލް ހުސައިން އާއި 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހަމަދުލް ހަސަން އެވެ.

ފުލުހުން ބުނެފައިވަނީ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރުމަށެވެ. 

މިފަހުން އައިސް ބިދޭސީންނާއި ގުޅުންހުރި މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *