ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތައާރަފްކުރި އިގްތިސާދީ ރިކަވަރީ ޕެކޭޖުގެ ދަށުން ދޫކުރި ލޯނުތަކުގެ އިތުރުން މިދިޔަ އަހަރު އިތުރު 305 ފަރާތަކަށް 420 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހާމަކޮށްފިއެވެ.

އެސްޑީއެފްސީން މިގޮތަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ކޮމަރޝަލް ދާއިރާ އިންނެވެ. މީގެއިތުރުން އެ ކުންފުނިން ވަނީ ދަނޑުވެރިކަމާއި އާއި ގުޅުން ހުރި ވިޔަފާރިތަކަށާއި ދަތުރުފަތުރުކުރުމާއި ގުޅުން ހުރި ވިޔަފާރިތަކަށް ވެސް ލޯނުގެ އެހީ ފޯރުކޮށްދީފައެވެ. 

އެސްޑީއެފްސީ އަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައިދިނުމަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށްގެން ލޯނުގެ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.