އެތައް އަހަރަކަށް ފަހު ޅ. ފެލިވަރު މަސް ކާރުހާނާ އަށް ކޮންޓެއިނަރ އުފުލާ ވެހިކަލެއް ކަމަށްވާ ރީޗް ސްޓެކަރ އެއް ލިބިއްޖެއެވެ. 

ފެލިވަރުގެ އެތައް މުވައްޒަފުންގެ އުއްމީދުތަކާއި ގުޅިފައިވާ މި ރީޗް ސްޓެކަރ ލިބުމުގެ އުފަލުގައި ވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. 

'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން ފެލިވަރުގެ މެނޭޖަރ މުހައްމަދު އިބްރާހިމް ވިދާޅުވީ މި ރީޗް ސްޓެކަރ ލިބިފައިމިވަނީ އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހު ކަމަށެވެ. އަދި މީގެ ސަބަބުން ފެލިވަރުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެލިވަރަށް މި ލިބިގެންދިޔަ ރީޗް ސްޓެކަރ ގެ ސަބަބުން މުދާ ބަރުކޮށް، މުދާ ބޭލުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަރައިގެންދާ ކަމަށް ބެލެވޭ ކަމަށެވެ. 

އަދި އޭނާ ވަނީ ފެލިވަރުގެ ސީއީއޯ، ޗެއަރމަން އަދި ބޯޑު މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. 

ރީޒްސްޓެކަރ އަކީ ކުދި އަދި މެދު ފަންތީގެ ޕޯޓުތަކުގައި ބަރުކޮށްފައިވާ ކޮންޓެއިނަރތައް އެއް ތަނުން އަނެއްތަނަށް އުފުލުމަށް ބޭނުން ކުރާ އުޅަނދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.