އޭޝިއާގެ "އެލް ޗަޕޯ" ގެ ނަމުން މަޝްހޫރުވެފައިވާ ޑްރަގް ލޯޑް ސިޗީ ލޯ ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑޭމްއިން ހައްޔަރުކޮށްފިއެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާއިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އޭނާ އިސްވެ ހިންގާ "ދަ ކޮމްޕެނީ" އަކީ އޭޝިއާގެ 70 ބިލިއަން ޑޮލަރުގެ ޑްރަގް މާކެޓުގައި އެންމެ ބާރުގަދަ ގޭންގެވެ. އަދި ދުނިޔޭގެ ނިސްބަތުން ވެސް މިއީ ޑްރަގް ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑު ގޭންގެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމްސްޓަޑަމްގެ އެއާޕޯޓަކުންނެވެ. 

އޮސްޓްރޭލިއާއިން މިހާރު ވަނީ އޭނާ އެކްސްޓްރަޑައިޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގައުމުގެ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އެގައުމަށް އެތެރެކުރާ ޑްރަގްގެ 70 އިންސައްތަ އަކީ "ދަ ކޮމްޕެނީ" އިން އެތެރެކުރާ ޑްރަގެވެ. އުމުރުން 56 އަހަރުގެ ސިޗީ ލޯ އަށް އޭޝިއާގެ "އެލް ޗަޕޯ" ކިޔަނީ މެކްސިކޯގެ ޑްރަގް ލޯޑް ހޯކުއިން ގުޒްމަން ނުވަތަ "އެލް ޗަޕޯ" އަށް ނިސްބަތްކޮށެވެ. 

އޭނާ ހައްޔަރުކުރިއިރު އޮސްޓްރޭލިއާގެ ފުލުހުން އޭނައަށް ފާރަލަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އޭނާ ހައްޔަރުކުރީ ކެނެޑާއަށް ފުރުމަށް ގޮސް ހުއްޓައެވެ. އޭނާ ހައްޔަރުކުރަން ނެރުނު އަމުރަކީ 2019 ވަނަ އަހަރު ނެރުނު އަމުރެއް ކަމަށްވާއިރު ނެދަލޭންޑްސްގެ ފުލުހުން އޭނާ ހައްޔަރުކުރީ އިންޓަޕޯލްގެ ނޯޓިސްއަކަށެވެ. 

1990 ވަނަ އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އެމެރިކާގެ ޖަލެއްގައި އޭނާ ނުވަ އަހަރަށް ބަންދުވެސް ކުރެވުނެވެ. މިއީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ފުލުހުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި އެގައުމުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.