އިޓާލިއަން ސެރީއޭގެ އެއްވަނައިގައި އޮތް އޭސީ މިލާންގެ މައްޗަށް އެޓަލާންޓާއިން ކުރި ހޯދައިފިއެވެ. 

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު 3-0 ގެ ނަތީޖާއަކުން އެޓަލާންޓާ ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާއަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ރޮމޭރޯއެވެ. އެޓީމުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯސިޕް އިލިސިޗްއެވެ. އެޓީމުގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ޑޫވާން ޒަޕާޓާއެވެ. 

މި މެޗުގައި މިލާނާއި އަލަށް ގުޅުނު ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް ކުޅެން ނުކުމެފައިވެއެވެ. އެޓަލާންޓާ ވެގެންދިޔައީ މި ސީޒަނުގެ ސެރީއޭގައި މިލާންގެ މައްޗަށް ކުރި ހޯދި ދެވަނަ ޓީމަށެވެ. 

މިލާން ބަލިވިއިރު އެޓީމާއި އަރާ ހަމަކުރުމަށް ވާދަވެރި އިންޓަ މިލާނަށް ލިބުނު ފުރުސަތު ވަނީ ނަގާލާފައެވެ. އެގޮތުން އުދިނޭޒީއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ އެޓީމު އޮތީ އޭސީ މިލާނަށްވުރެ ދެ ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ. ތިންވަނައިގައި ރޯމާ އޮތްއިރު ހަތަރުވަނަ ލިބެނީ އެޓަލާންޓާއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.