މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހު ކުރަން ކުރާ މަސައްކަތް އަވަސް ކުރަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ގޮވައިލައްވައިފިއެވެ. 

ނަޝީދު ކުރެއްވާފައިވާ ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެންޑީއޭ އަށް އިސްލާހު ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އެ އިދާރާ އިސްލާހު ގެނައުމުގެ މަސައްކަތް ފަސްވެ ލަސްވެގެން ދިޔުމަކީ މުޅި ރާއްޖެ އަށް ލިބޭ ބޮޑު ގެއްލުމުގެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު އެންޑީއޭ އަށް ފާޑުވިދާޅުވެފައިމިވަނީ، ޝޯޝަލް މީޑިއާ ގައި އެ އެޖެންސީ އަށް ބޮޑެތި ފާޑުކިތުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ގައި ދެވޭ ފަރުވާ މިހާރަށްވުރެ ހަރުދަނާ ކުރަން ގޮވާލުމުގެ އިތުރުން، އެންޑީއޭގެ ބޯޑު ބަދަލުކުރަން ގޮވައިލައި ދާދި ފަހުން ވަނީ އިހްތިޖާޖުތަކެއްވެސް ކޮށްފައެވެ. މަސްތުވާތަކެތީގެ އެކި ކަހަލަ ފަރުވާތަކަށް ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާ ނުފެށި 648 މީހަކު މުޖުތަމައު އަށް މިހާރުވެސް ދޫވެފައި އެބަތިބިއެވެ. މި އަދަދުތައް މިހާ ގިނަވަނީ އެންޑީއޭގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ތިން މަސް ދުވަސްތަކަކަށް ފަހު އެންޑީއޭ އަށް ވަނީ ސީއީއޯއަކު އައްޔަން ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.