ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރާކަތްތައް ހުއްޓުމެއްގައި އޮތުމަށްފަހު، އަނެއްކާވެސް ޕާޓީއާއެކު ލީޑަރު ޤާސިމް އިބްރާހިމް ވަނީ މަސައްކަތް ފައްޓަވާފަ އެވެ. އެގޮތުން ޕާޓީގެ މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފައްޓަވައި، އެކަމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާވަފަ އެވެ. މިއީ ގިނަ ދުވަސްތަކަކު ޕާޓީގެ ސިޔާސީ ހަރކާތްތަކާއި ދުރުގައި ހުންނެވުމަށްފަހު، ސިޔާާސީ ޕޯޑިއަމްއެއްގައި ޤާސިމް ވާހަކަދެއްކެވި ފުރަތަމަ ފަހަރުވެސްމެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ޖާސިމްގެ ޖުމްލަ ވާހަކަ އަމަޒުކުރައްވާފައިވަނީ ނިޒާމުގެ ބަހުސް އަށެވެ. އެގޮތުންޤާސިމް ވަނީ ނިޒާމްގެ ވޯޓަށް ގޮޮވާލާ ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވާފަ އެވެ.

ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނީ ރިޔާސީ ނިޒާމެއްގައި: ގާސިމް