ކޮވިޑް 19 އަށް މިއަދު ވެސް 55 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،885 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 31 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 9 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 2،748 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1،015 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 77 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،813 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 50 މީހަކު މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.