ސައުތުހެމްޕްޓަން އަތުން ބަލިވެ އެންމެފަހުގެ ޗެމްޕިއަން އާސެނަލް އިނގިރޭސި އެފްއޭ ކަޕުން ކަޓައިފިއެވެ. 

ހޮނިހިރު ދުވަހު ސައުތުހެމްޕްޓަންގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސައުތުހެމްޕްޓަންއިން ޖެހި ހަމައެކަނި ލަނޑަކީ 24 ވަނަ މިނެޓުގައި ކައިލް ވޯކަރ ޕީޓަރސްގެ ނެގި ހުރަހެއް ޑިފެންޑް ކުރަން އުޅެނިކޮށް އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މިދިޔަ ހަތް މެޗުގެ ތެރެއިން އާސެނަލް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު އެޓީމި ކޮޅަށް މި މެޗުގައި ވަން ލަނޑުގެ ކުރިން އެޓީމުން ވަނީ ލަނޑެއް ނުވައްދާ 508 މިނެޓު ހަމަކޮށްފައެވެ. 

ކުރިޔަށް އޮތް އެފްއޭ ކަޕްގެ ބުރުގައި ސައުތުހެމްޕްޓަން ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އެންމެފަހުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ސައުތުހެމްޕްޓަންއިން ހޯދީ 1976 ވަނަ އަހަރުއެވެ. މިއީ އެފްއޭ ކަޕްގައި މި ދެޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އާސެނަލް އަތުން ސައުތުހެމްޕްޓަން މޮޅުވި ފުރަތަމަ ފަހަރެވެ. 

މި މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައުތުހެމްޕްޓަންގެ ކޯޗު ބުނީ ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ވަކިން ޚާއްސަކޮށް ފުރަތަމަ ހާފުގައި އެޓީމުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.